.
އިމާދުއްދީން ސްކޫލުގެ ވަޒީފާ އިންޓަވިއުއަކީ ވަރަށްވެސް އާދަޔާ ޚިލާފަށް ކުރެވޭ އިންޓަވިއުއެކެވެ. ފުރަތަމަ ބަސްދީގަތުމަށްފަހު ޕްރެޓިކަލް ޓެސްޓެއްވެސް ކުރެވެއެވެ. ޝޯޓްލިސްޓް ކުރުމެއްނެތި ވަޒީފާއަށް ކުރިމަތިލާ ހުރިހާ ފަރާތެއްވެސް މިޓެސްޓަށް ހާޒިރުކުރެވެއެވެ. މިޓެސްޓްގައި ފުރިހަމަ އެއް ސެޝަން ނަގަންޖެހެއެވެ. މާނައަކީ ދާއިމީ ޓީޗަރެއްގެ އެދުވަހުގެ ވަޒީފާ އަދާކުރަންޖެހެއެވެ. ނިމުމުންވެސް ގެއްދެވޭނީ މުޅީ ސެޝަން ނިމިގެންނެވެ.
އަދި ދެވަން ބަސްދީ ގަތުމަކަށް ހާޒިރުކުރެއެވެ. މިހާޒިރުކުރުމުގައި ބޮޑަށް ގެންދެވެނީ ކެންޑިޑޭޓުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމެވެ. އަދި އެންމެ އާދަޔާއި ޚިލާފުކަމަކީ ޓީޗަރުކަން ނުކުރުމަށް އިރުޝާދުދިނުމެވެ. މިއީ ތަރައްގީވަމުންއަންނަ ދުނިޔޭގައި އަދި އަޅުގަނޑު އަލަށް ދެކުނު މަންޒަރެކެވެ. އަޅުގަނޑުމެން ފެންވަރު ރަގަޅު ޓީޗަރުން ނުލިބިގެން އަޑުނަގަމުންދާއިރު އެދާއިރާއަށްމުވައްޒަފުން ވެއްދުމަށް މަސައްކަތްކުރާބަޔަކު ވަޒީފާއަށް ކުރިމަތިލާފަރާތަކަށް މިފަދަ ގޮތަކަށް އިރުޝާދުދިނުމަކީ ހައިރާންވާވަރުކަމެކެވެ. އަދި ޕްރޮފެޝަން ޚިޔާރުކޮށް މިދާއިރާއިން ތައުލީމު ހާސިލުކޮށްގެން ވަޒީފާއަށް ކުރިމަތިލާފަރާތްތަކަށް މިފަދަ ކައުންސިލިން ދިނުމަކީ ވަޒީފާދޭ ފަރާތުގެ މަސްއޫލިއްޔަތެއްތޯއެވެ. އެޑިއުކޭޝަން މިނިސްޓްރީންވެސް މިފަދަ ފަރާތްތަކަށް އިތުރު ހުނަރުދީ ވަޒީފާއަށް އަހުލުވެރި ކުރުވަން އެބަޖެހެއެވެ.

ކެންޑިޑޭޓުން މަދުކުރުވުމުގެވެސް މިއީ ލާމަސީލު ނަމުނާއެކެވެ. ކެތްތެރިވާން ދަސްކޮށްދިނުމުގެ މަރުހަލާއެއްކަން ނޭގެއެވެ.
އަދި އެންމެ ހައިރާންވާކަމީ މިހުރިހާ އިންޓަވިއުއެއް ނިމޭއިރު ވާނީ އެއްމަސް ދުވަސް ވޭތުވެ ގޮސްފައެވެ. ވަޒީފާދޭ ފަރާތް ފިޔަވައި، ވަޒީފާއަށް ކުރިމަތިލާ ފަރާތަށްވެސް ކިހާބޮޑު ގެއްލުމެއްނޫންތޯއެވެ. އެއްމަސް ބޭކާރުވެ ގެއްލުނީ ނޫންތޯއެވެ.