މިހާރު މިވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ތާރީޚީ މަލްޓިޕާރޓީ އިލެކްޝަނުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރަކަށް ކުރިމަތިވެފައެވެ. މިހާ ހިސާބުން ހިތުގައި އުފެދޭ ސްވާލަކީ މިފަހަރުގެ އިލެކްޝަން ކާމިޔާބު ކުރައްވާނީ ކޮންބޭފުޅެއްބާވައެވެ. އެގޮތުން ތިރީގައި މިހިމަނާލަނީ، ފުރަތަމަ ބުރުގެ ނަތީޖާއަށްބަލާފައި ދެވަނަ ބުރުކާމިޔާބު ކުރާނެ ކަމަށް އަޅުގަނޑަށް ލަފާކުރޭ ގޮތެވެ.
ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާލާއިރު މައުމޫނު އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ވަނީ ދެވަނަ ބުރަށް ދަތުރުކުރައްވާފައެވެ. މައުމޫނު 40% ހޯއްދެވި އިތު ނަޝީދަށް ލިބިވަޑައިގަތީ 25%އެވެ. ބާކީ 34% ވަނީ ފުރަތަމަ ބުރުން ފެއިލްވި 4 ކެންޑިޑޭޓުންނަށް ބެހިގެންގޮސްފައެވެ. އެހެންކަމުން މިހާހިސާބުން ދެން އުފެދޭ ސްވާލަކީ މި 34% ކާމިޔާބު ކުރައްވާނީ ކޮންބޭފުޅެއްބާވައެވެ. މައުމޫން އަބްދުލްގައްޔޫމް މި އިންތިޚާބު ކާމިޔާބު ކުރައްވަން ބޭނުންފުޅުވަނީ މި 34%ގެ ތެރެއިން 27.4%އެވެ. އެއީ 16،576 ވޯޓެވެ. މުޙައްމަދު ނަޝީދު، މިއިންތިޚާބު ކާމިޔާބު ކުރެއްވުމަށް ހޯއްދަވަން ޖެހިވަޑައިގަންނަވަނީ މި34% ގެ ތެރެއިން 72.7%އެވެ. އެއީ 44،064 ވޯޓެވެ. މިހާ ހިސާބުން އުފެދޭ ސްވާލަކީ މިދެންނެވި އަދަދަށް ނުވަތަ އެއަށްވުރެވެސް ގިނައިން ވޯޓްލިބޭނީ ކޮންކެންޑިޑޭޓަކަށްބާވައެވެ.
ރައްޔިތުން ވޯޓުދިން ރޫހަށާއި، ފުރަތަމަ ބުރުގައި ކެންޑިޑޭޓުން ކެންޕޭން ކުރެއްވި ރޫހަށް ބަލާލަން ޖެހެއެވެ. އެގޮތުން މައުމޫނު ފިޔަވައި އަނެއް ހަތަރު ކެންޑިޑޭޓުންނަށް ވޯޓް ލިބިފައިވާ މައިގަނޑު އެއްގޮތް އެއްސަބަބަކީ ބަދަލަކަށް ބޭނުންވުމެވެ. މިއީ ކެންޑިޑޭޓުން ކެންޕެއިނުގައިވެސް ބޭނުންކުރެއްވި އެއް ސްޓްރެޓްޖީއެވެ. ބަދަލު ގެނެވޭނީ ކޮންބޭފުޅަކަށް ތޯއެވެ. މައުމޫނަށް ބަދަލު ނުގެނެވޭނެ ކަމަށް ގާތްގަޑަކަށް 60% އިއްތިފާގުވެއެވެ. އަދި ގިނަ ދިވެހިންތަކެއްވަނީ ފާއިތުވީ 30 އަހަރުދުވަހުގެ ތެރޭގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުގެ ސަބަބުން މައުމޫނުގެ ވެރިކަންދެކެ މުޅިން ފޫހިވެފައެވެ. އެހެންކަމުން އަޅުގަނޑަށް ގަބޫލުކުރަނީ މި 60% އަލުން އަބުރާ މައުމޫނަށް ވޯޓްނުލާނެކަމުގައެވެ. އެހެންނަމަވެސް މީގެ ތެރެއިން ކޮންމެވެސް އެއްބަޔަކު ކުރިން ދެންނެވި 34% (މައުމޫނާއި އަންނި ފިޔަވައި ދެންތިބި ކެނޑިޑޭޓުންނަށް ވޯޓް ލިބިނު ނިސްބަތް) ގެ ތެރެއިން މަދު ޕަސެންޓެއްގެ ރައްޔިތުން ތަފާތު ސަބަބުތަކާއިހުރެ ވޯޓްލުން އެކަށީގެންވެއެވެ. ހަމަ މިއާއިއެކު، ފުރަތަމަ ބުރުން ބާކީވެގެންދިޔަ ކެންޑިޑޭޓުން ދެވަނަބުރަކަށް ތާއީދު ކުރާގޮތާއި ތާއީދު ހޯދުމަށް ކުރާމަސައްކަތް ނުވަތަ ކެންޕޭނުގައި އުޅުއްވާ ގޮތް ވެސް މުހިންމު ރޯލެއް އަދާކުރާނެއެވެ.
ފުރަތަމަކަމަކަށް ބަލާލާއިރު ފާހަގަ ކުރެވޭ ކަމަކީ މައުމޫނު ފިޔަވައި ދެންތިބި 5 ކެންޑިޑޭޓުންނަކީ ކުރިން އުފެދުނު ގައުމީ އެއްބައިވަންތަކަމުގެ އިއްތިހާދުން އުފަންވި ކެންޑިޑޭޓުންނެވެ. (ގާސިމް ނަންވެސް އިއްތިހާދުގެ ތެރޭގައި ހުށައެޅުނު) އެހެންކަމުން މިހުރިހާ ކެންޑިޑޭޓުން އަލުން އެއްވުމަކީ ވެދާނެކަމެއްކަމަށް ވަރަށްބޮޑަށް ލަފާކުރެވެއެވެ. އަދި ހަމައެއާއި އެކު އިބުރާ އާއި ޑރ. ހަސަން އައްނިއަށް ތާއީދު ކުރައްވާ ކަމަށް އިއުލާނުކުރުން މީގެ ހެއްކަކަށް ފުދެއެވެ. އެހެންވެއްޖެނަމަ، ޑރ. ހަސަނަށާއި، ގާސިމަށާއި. އުމަރަށާއި، އިބުރާއަށް ތާއީދު ކުރި ރައްޔިތުންގެ ބޮޑު އަދަދެއް އަންނިއަށް ތާއީދު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އަންނި މިއިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ، ޑރ.ހަސަނަށް ވޯޓް ދިން 29656 ރައްޔިތުންގެ ތެރެއިން 21550 ވޯޓާއި، ގާސިމަށް ލިބުނު 27128 ވޯޓްގެ ތެރެއިން 19713 ވޯޓާއި، އުމަރަށް ލިބުނު 2468 ވޯޓްގެ ތެރެއިން 1793 ވޯޓާއި، އިބުރާއަށް ލިބުނު 1386 ވޯޓްގެ ތެރެއިން 1007 ވޯޓް އައްނި އަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވެއްޖެނަމަ، ދިވެހިރާއްޖޭގެ ފުރަތަމަ މަލްޓިޕާރޓީ އިލެކްޝަން ކާމިޔާބުކޮށް ދިވެހިރާއްޖޭގެ ރައީސްލްޖުމްހޫރިއްޔާއަކަށް ވެވަޑައިގަންނަވާސީ މުހައްމަދު ނަޝީދެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާދު މައުމޫނު އަބްދުލްގައްޔޫމް، އަށް ބަލާލާއިރު އެންމެ އަޅައިގަންނަ ކަމަކަށް މިއިލެކްޝަނުން ފާހަގަވަނީ ކުއްލިއަކަށް މައުމޫނަށް ވޯޓް ލިބުނުއަދަދު ދަށްވުމެވެ. ކުރީގެ އިލެކްޝަންތަކުގައި 90%އަށްވުރެ މަތިން ހޯއްދަވަމުން ވަޑައިގަންނަވާ ކެންޑިޑޭޓަކަށް ފަސްއަހަރުތެރޭ 40%އަށް ދަށްވުމަކީ ވަރަށްގިނަ ސްވާލު އުފައްދާކަމެކެވެ. ހަމަހަގީގަތުގައިވެސް ވޯޓް އޮޅުވާނުލަނީ ބާވައެވެ. އެހެންވެއްޖެނަމަ، ފަސްއަހަރުތެރޭ މައުމޫނު މިވަނީ 56% ފަހަތަށް ޖެހިފައެވެ. ހަމައަސްލުވެސް ޑިކްޓޭޓަރެއް ނޫންބާވައެވެ؟(ސައްދާމު ހަސައިންގެ ވެރިކަންވެސް ވެއްޓުމުން ކުއްލިއަކަށް ސައްދާމަށް ތާއީދު ކުރާ މީހުންގެ އަދަދު ވެއްޓުނު) ދެވަނައަށް ފާހަގަ ކޮށްލެވޭ ކަމަކީ އެހެން ހުރިހާ ކެންޑިޑޭޓުންނާއި ޚިލާފަށް ހުރިހާ ކެންޑިޑޭޓުންނަށް ބަހުގެ ހަމަލާދެއްވަމުން ގެންދެވިއެވެ.(މިފަހަރު ފާހަގަ ކުރެވުނު އެންމެ ޑިސިޕްލިން ދަށް ކެންޕެއިން ހިންގެވީ މައުމޫނު 2008 އިންނެވެ) އެހެންކަމުން އެބޭފުޅުންގެ ތާއީދާއި، އެބޭފުޅުންނަށް ތާއީދުކުރައްވާ ބޭފުޅުންގެ ތާއީދު ލިބުމަކީ އުދަގޫކަމެކެވެ. ނަމަވެސް މައުމޫނު ހޯއްދަވަން ޖެހޭ އަދަދަކީ އަންނި އިތުރަށް ހޯއްދަވަންޖެހޭ އަދަދުގެ 2.6 ގުނަ މަދު އަދަދެކެވެ. އަދި ހަމައެއާއި އެކު، ފުރަތަމަ ބުރުން ބާކީވި ހަތަރު ކެންޑިޑޭޓުން އެކަށީގެންވާވަރަކަށް މަސައްކަތް ނުކުރެވިއްޖެނަމަ ވޯޓްލާންދާ މީހުންގެ އަދަދު މަދުވެ މައުމޫނަށް ކާމިޔާބު ލިބމުގެ ފުރުސަތު ބޮޑުވެދާނެއެވެ. މީގެ އިތުރުން ދެފަރާތުގެ ކެންޕޭންވެސް މީގައި ވަރަށް ބޮޑެއް ރޯލެއް ކުޅޭނެކަމަށް ލަފާ ކުރެވެއެވެ. މިވަގުތުގެ ރޫހަށާއި، އިސްވެ ދެންނެވި އަންދާޒާތަކަށް ބަލާލާއިރު އަޅުގަނޑަށް ބޮޑަށް ބުރަ ވެވެނީ މިއިންތިޚާބު އަންނި ކާމިޔާބުކުރާނެކަމަށެވެ

http://www.maldiveswatertaxi.com/Riyasee.pdf. Click here to view PDF version